އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ސްވީޓް ސަޕްރައިޒްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައި ތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހަދިޔާ ފޮނުވައިލެވޭނެއެވެ.

މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑްތަކާއި ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެއެވެ.

  • 1- މޫލީ ފިހާރައަށް ޒިޔާރަތްކުރުން www.moolee.mv
  • 2- ޝޮޕް ހިޔާރުކުރުމަށްފަހު SWEET SURPRISE ނުވަތަ ބޭނުންވާ ކެޓެގަރީއެއް ހިޔާރުކުރޭ
  • 3- ބޭނުންވާ އައިޓަމް ހިޔާރުކުރުމަށްފަހު ADD TO CART އަށް ފިތާލާ
  • 4- ކާޓްއަށް ގޮސް ޗެކްއައުޓްކޮށްލާ
  • 5- ޑެލިވާކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހާ
  • 6- އޯޑަރު ކަށަވަރުކުރުމަށް ޕޭމަންޓް ކޮންފާމްކޮށްލާ

ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް، އެއްވެސް އަގަކާ ނުލައި ޑެލިވާ ކޮށްލެވޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.