ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުތަކެއް ގެނެސް، ލިމިޓެއް ނެތި ސޯޝަލް މީޑިއާއާއި އެސްއެމްއެސް ބޭނުންކޮށް، ފޯންކޯލް ކުރެވޭނެ ގޮތް ހަދައިފިއެވެ.
މި ގެނައި ބަދަލުގެ ދަށުން "ޕޯސްޓްޕެއިޑް 1000" ޕެކޭޖުން 40 ޖީބީގެ ކޯ ޑޭޓާއާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސް އާއި ދިރާގު އަދި ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅޭނެއެވެ.
އަދި "ޕޯސްޓްޕެއިޑް 1700" ޕެކޭޖުން 100 ޖީބީގެ ކޯ ޑޭޓާއާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސާއި ދިރާގު އަދި ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅޭނެއެވެ.
ދިރާގުގެ މެނޭޖަރު ކަސްޓަމަރު ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް ކަމަށެވެ.
"އެގޮތުން މިގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ." އިޝާނާ ވިދާޅުވިއެވެ.
ދިރާގު ޕޯސްޓްޕެއިޑް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑް ކުރެވޭނެއެވެ. އަދި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު http://bit.ly/3lqQGbJ އިން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު