ދައުލަތުގެ ބައެއް އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި، ގުދަން ކުރުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް، ދައުލަތުން ކުއްޔަށް ހިފުމަށް، ކޮންމެ އަހަރަކު 102 މިލިޔަން ރުފިޔާ ހޭދަވާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެއެވެ.
މެންބަރު މުއިއްޒު މިހެން ވިދާޅުވެފައިވަނީ، ދައުލަތުގެ އޮފީސްތަކާއި، އިދާރާތައް ހިންގުމަށާއި، ގުދަން ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަަމަށް އަވަސް ހައްލެއް ހޯދަން ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް ހުށަހެޅި، ގަރާރުގައެވެ.
އެ ގަރާރުގައި ބުނެފައި ވަނީ، ދައުލަތުގެ ބައެއް އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި، ގުދަން ކުރުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތް ކުއްޔަށް ހިފުމަށް ދައުލަތުން މަހަކު 8.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ.
ދެމިގެންދާ ގޮތަށް މި ނުރަނގަޅު އާދަ އޮތުމަކީ ދައުލަތުގެ ފައިސާއިން މެނޭޖު ކުރުމުގައި އިސްރާފު ބޮޑު، އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށް އެކަށީގެންނުވާ ތަންތަނުގައި ވެސް އޮފީސްތައް ހިންގާކަމަށާއި، އެ ތަންތަން ހިންގުން ހުއްޓުމަކަށް ގެނައުމުގެ ބޭނުންތެރިކަން އޮތްކަމަށް ވެސް ބުނެފައިވެއެވެ.
އެކަމަށް ހައްލެއް ގެނައުމަކީ، ހިދުމަތް ހޯދަން ދާ ފަރާތްތަަކަށް ހިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތެއް ކަމަށާއި، ނަމަވެސް އެއީ ދާއިމީ ހައްލެއް ހޯދުމުގެ ބޭނުންތެރިކަން އޮތްކަމަށް ފެންނަ ހިނދު އެގޮތަށް، "ކުއްޔަށް ހިފާ އިމާރާތްތައް ވަކި މުއްދަތެއް ނެތް ގޮތަށް ދިގު މުއްދަތަކަށް ދެމިގެންދާގޮތަށް ދައުލަތުން ކުއްޔަށް ހިފައި އަހަރެއްގެ މައްޗަށް ދައުލަތުން ހޭދަކުރާ ފައިސާއަކީ، މި ކަމަށް ހައްލެއް ގެނެވިއްޖެނަމަ ދައުލަތުގެ ތަރައްގީގެ އެހެން މަޝްރޫއުތަކުގެ އިތުރަށް އާއްމު ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމަށް ހޭދަކުރެވޭނެ ފައިސާއެއްކަމަށް ދެކޭ" ކަމަށް ވެސް މި ގަރާރުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު