ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ މ. މަޑިފުށި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގޮނޑުދޮށް ހެދުމުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފަައިވާތީ އެ ރިސޯޓް ހިންގާ ކުންފުނި 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
މަޑިފުށި ރިސޯޓް އޮޕަރޭޓް ކުރާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑަކީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ވެސް ހިންގާ ކުންފުންޏެވެ.
އީޕީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން މަޑިފުށި ރިސޯޓް އޮޕަރޭޓް ކުރާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ އީއައިއޭ ފުރިހަމަ ނުކުރުމާއި ތިމާވެށީގެ ކްލިއަރެންސް ނުހޯދައި ކުރި މަސައްކަތްތަކާ ގުޅިގެންނެވެ.
އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.
މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓަކީ މި އަހަރު ހުޅުވި ފުރަތަމަ ރިސޯޓެވެ. އެ ރިސޯޓުގައި 80 ބީޗް އަދި އޯވާ ވޯޓާ ވިލާ ހަދާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު