މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) އެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މުހައްމަދު އާސިރު އިސްމާއީލް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ 19:30 ހާއިރު ކަމަށެވެ. އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
މުހައްމަދު އާސިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު