މި ސަރުކާރުގެ ފަސް އަހަރު ތެރޭ 82 ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މޫސުމީ ބަދަލުތަކާ އެކު ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަކީ ރާއްޖެ ކަމަށާއި އެކަމަށްޓަކައި ނާޒުކު ހާލަތަށް ހުށަހެޅިފައިވާ ސަރަހައްދުތައް ހިމާޔަތް ކުރުން މުހިންމު ކަމަށެވެ.
އެގޮތުން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމުލަ 130 ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށާއި އޭގެ ތެރެއިން 82 ސަރަހައްދު ހިމާޔަތް ކުރެވޭނީ މި ހިނގާ ފަސް އަހަރުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މި ފަސް އަހަރު ތެރޭގައި ޖުމުލަ 42.6 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ ކަމަށެވެ.
"އެއީ 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތްވުން، މި މަސައްކަތް ނިމުމުން އަހަރަކު ގާތްގަނޑަކަށް 320 މިލިއަން ރުފިޔާގެ ތެޔޮ، ބިލުން ސަލާމަތް ކުރެވޭނެ، ކުނި އެންދުމުން އަރާ ދުމުން މިންޖުވެ، ކުންޏަކީ މެނޭޖުކުރަންޖެހޭ ވަސީލަތެއްގެ ވިސްނުމަށް ސަރުކާރު މި ވަނީ ހިޖުރަކޮށްފައި، އަދި ރާއްޖޭގެ ގުދުރަތީ މާހައުލަށް ރައްކާތެރި ނޫން ޕްލާސްޓިކުގެ ބާވަތްތައް މަދުކޮށް، މަނާކުރުމުގެ މަރުހަލާތަށް ދަނީ ތަންފީޒު ކުރަމުން، މިދިޔަ ނޮވެންބަރު މަހު އޮތް ކޮޕް 27ގެ ޑެކްލެރޭޝަންގައި އަލަށް އުފައްދަން ނިންމި ލޮސް އެންޑް ޑެމޭޖް ފަންޑު ގާއިމުކުރުމުގައި ރާއްޖޭން ވަރަށް އިސް ދައުރެއް އަދާކުރޭ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު