ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ދިނުމަކީ މުހިންމު ކަމެއް ނަމަވެސް ރާއްޖޭގެ ރަށްތައް އެތުރި ފެތުރިފައިވާ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށެވެ.
އެ ގޮންޖެހުންތަކާއެކުވެސް ފާއިތުވި އަހަރު ފުލުހުންގެ 18 މަރުކަޒެއް ހުޅުވައި ހިދުމަތް ދޭން ފެށި ކަމަށާއި މި އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، 27 މާޗް 2021 ގައި ތަސްދީގު ކުރި ދިވެހި ފުލުހުންގެ ގާނޫނުގެ މަންފާ ރައްޔިތުންނަށާއި ފުލުހުންނަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން 100 އަށް ވުރެ ގިނަ ރަށުގައި ނެއިބަހުޑް ޕޮލީސިން އާއި ބޮޑީ ވޯން ކެމެރާ ތައާރަފް ކުރެވި ރައްޔިތުންނާ ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ފުޅާ ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު