ވ. ފެލިދޫ އާއި އެ އެއަތޮޅު ކެޔޮދޫގެ ގޮނޑުދޮށް ހިމަޔާތްކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފިއެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ސާސް-އީ ކޮމްޕެނީއާއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. ސާސް-އީ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހްމަދުއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސާސް-އީ ކޮމްޕެނީއާ ހަވާލުކުރީ 33،793،128.23 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.