އެސްޓީއޯ މަކިޓާ ޝޯރޫމް އާއި ނިޕޯން ރަމަޟާން ބާޒާރު މިއަދު ފަށައިފިއެވެ.
މަކިޓާ ޝޯރޫމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ، އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާނެވެ.
މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބާޒާރުގައި ބޮޑެތި ޑިސްކައުންޓުތަކާއެކު ހާއްސަ އިނާމުތައް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯގެ މަކިޓާ ޝޯރޫމްގެ ރަމަޟާން ބާޒާރުގައި ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 20،000 ރުފިޔާގެ އަގުހުރި މުދާ ލިބޭނެއެވެ. އަދި ނިޕޯން ޝޯރޫމުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 20،000 ރުފިޔާގެ މުދާ ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު