ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 28 ދުވަހަށް ހަތަރު ޖީބީ ޑެއިލީ ޑޭޓާ ލިބޭ އެޑްއޮންއެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި 'ސަޅި 28 ޑޭސް' އެޑް-އޮންއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހަތަރު ޖީބީ ޑެއިލީ ޑޭޓާ ލިބޭނެއެވެ. އެންމެ 595 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމުލަ 112ޖީބީ 28 ދުވަހުގެ މުއްދަތަކަށް ލިބެގެންދާނެ ކަަމަށް އެކުންފުނިން ބުންޏެވެ.

މި އެޑްއޮން ހިޔާރުކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S3GB28’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.

ދިރާގުން ބުނީ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭނުން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ ކަމަށާއި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.