މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބުގެ ނާތީޖާ ގަބޫލުކުރައްވަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅުހައްދަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. މިހާތަނަށް ގުނި ވޯޓް ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ވަނީ 24،384 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިފައެވެ. އަދި ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންނެވީ 15،487 ވޯޓެވެ.
ނަޝީދު މިއަދު އެމްޑީޕީގެ ބައެއް ގުރޫޕުތަކައް ފޮނުވި މެސެޖެއްގައި ވަނީ އެ ނާތީޖާ ބަލައިގަންނަން ދެކޮޅު ހައްދަވައިފައެވެ. ނަޝީދު ވިދާޅުވީ ގިނަ ފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ.
"ގިނަ ފޮށިތަކުގެ ކުރީގައި އުޅުއްވަނީ އަޅުގަނޑު، ބޮޑު ފަރަގެއް އެދައްކަނީ މަދު ބައެއް ތަންތަނުން އާދަޔާ ހިލާފަށް ވޯޓު ގިނައިން ހުރުމުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގިނަ ނަތީޖާ ޝީޓުތަކުގައި ވޯޓު ހައްގުވާ އަދަދަށްވުރެ ވޯޓު ދިން އަދަދު އިތުރުވެފައިވާ ކަމަށެވެ.
"ވަރަށް ގިނަ ފޮށި ބާތިލު" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ކެމްޕޭން ޓީމުންވެސް ގެންދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ ވޯޓު ލީ މީހުންގެ އަދަދު ގިނަ ކަމަށް ފެންނަ ނަތީޖާ ދައްކާ ޝީޓެއްގެ ފޮޓޯ އާންމު ކުރައްވައިފައެވެ. އޭނާގެ އިތުރުން އެހެން ބައެއް މަޖިލިސް މެމްބަރުންނާއި ނަޝީދުގެ ސަޕޯޓަރުން ގެންދަވަނީ އެފަދަ ނާތީޖާ ޝީޓުތައް އާންމު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު