އިސްކަނދަރު ސްކޫލްގައި ހުރި ހިންނަވަރު ވޯޓު ފޮށީގެ، ވޯޓު ކަރުދާސްތައް ގުނުމަށްޓަކައި މޭޒުމަތީގައި އަތުރާފައި ވަނިކޮށް، އެ ވޯޓު ކަރުދާސްތައް ހިފައިގެން ދުއްވައިގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
އިސްކަންދަރު ސްކޫލްގައި ހުރި "ވަން" ގެ ނޫސްވެރިޔާ ބުނީ، އެމީހާ ވޯޓު ކަރުދާސްތައް ހިފައިގެން ދުއްވައިގަތުމުން އެތަނުގައި ތިބި އެހެން މީހުން އޭނާގެ ފަހަތުން ދުއްވައިގަތް ކަމަށެވެ. އަދި އޭނާ ހިފެހެއްޓުމުން ބައެއް ވޯޓު ކަރުދާސް ވީދާލި ކަމަށްވެސް އޭނާ ބުންނެވެ.
މިއަދު ހެނދުނު 9:00 އިން ފެށީގެން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމި ގިނަ ވޯޓުފޮށިތަކެއް ގުނައި މިހާތަނަށް އާއްމު ކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނަމަވެސް ވޯޓު ލުން ކުރިއަށްދިޔަ އިރު، ބައެއް ހިސާބުތަކުގައި ވަނީ ހަމަނުޖެހުން ހިނގައިފައެވެ.
އެގޮތުން އިސްކަންދަރުގެ ބައެއް އެހެން ވޯޓުފޮށިތައް ކައިރީގަ އާއި، ގދ. ތިނަދޫ ދެކުނު ދާއިރާގެ ވޯޓްލާ މަރުކަޒު، ތިނަދޫ އަބޫބަކުރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ފަޅާލައި، ހަމަނުޖެހުން ވަނީ ހިންގައިފައެވެ. އަދި ގދ. ރަތަފަންދޫގައިވެސް ވަނީ ވޯޓްފޮށި ފަޅާލައި ހަމަނުޖެހުން ހިންގައިފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ރަތަފަންދޫން ދެ މީހަކު އަދި ތިންދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ފިރިހެނުން ކަމަށެވެ.
ހައްޔަރުކުރި ތިން މީހުންނަކީ ނަޝީދުގެ ފަރާތުން ހަރަކާތްތެރިވަމުން ދިޔަ އޮބްޒާވަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު