މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅައި، އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުތަކަށާއި ޕާޓީގެ އެންމެހާ މެމްބަރުންނަށް އެމްޑީޕީން އިލްތިމާސްކޮށްފިއެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު، ބައެއް ފޮށިތަކުގެ ކައިރީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންދިއުމާ ގުޅިގެން، އެމްޑީޕީ ސެކްރެޓިއޭޓުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ އެގޮތަށް ފޮށިތައް ފަޅައި ޕާޓީއަށް ގެއްލުން ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވާ ކަމަށްވެސް ބުނެފައިވެއެވެ.
މިއަދު އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނީ، ގދ. ގައްދޫ އާއި ތިނަދޫ އާއި އެއަތޮޅު ރަތަފަންދޫ ވޯޓުލާ މަރުކަޒުގެވެ.
މި ހަމަނުޖެހުމުގައި ތިނަދޫ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށިވެސް ވަނީ ފަޅާލައިފައެވެ. އަދި އެތަނުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ބަޔަކު ވަނީ މާރާމާރީވެސް ހިންގައިފައެވެ.
އެމައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު