ރާއްޖޭން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މއ. މަނާގެ/ އަލީ ފާއިޒު އައްޔަންކުރައްވައިފިއެވެ.
އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފާއިޒު އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަން ކުރެއްވި އަލީ ފާއިޒަކީ 2022 ވަނަ އަހަރު ފޮރިން މިނިސްޓަރުގެ ނައިބުކަމުގެ މަގާމާއި 2012 ވަނަ އަހަރު އެ މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވާފައެވެ. އަދި 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގެ މެންބަރުކަންވެސް ކުރެއްވިއެވެ.
ފާއިޒު ވަނީ ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއް ވަންދެންވެސް ހިދުމަތްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު