ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައިފިއެވެ.
ކުރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރީ ކުރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ދީބާނާޒް ފަހުމީ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވައި އޭނާ އެ މަގާމަށް އައްޔަންކުރެއްވުމުންނެވެ.
ކުރިމިނަލް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދަކީ 10 އެވެ. އެ ކޯޓުގައި މި ވަގުތު ތިއްބެވީ ނުވަ ފަނޑިޔާރުންނެވެ.
- މުހައްމަދު އިހްސާން
- މުހައްމަދު ސަމީރު
- އަހްމަދު ރިފްޝާން
- އިބްރާހީމް އިހްސާން
- އުއްމުކުލްސޫމް އަބޫބަކުރު
- ރަފީއުއްދީން އަހްމަދު
- އަހްމަދު އާދަމް
- ހުސައިން ސާލިމް
- ސިޔާމާ މުހައްމަދު
- އިބްރާހީމް ޒިހުނީ
އެ ކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު