މާލޭގެ ގެއަކަށް ކުނި ނަގަން ވަދެ، އެގޭގެ އެޕާޓުމަންޓެއްގެ ދޮރުމައްޗަށް ބޮޑުކަމުދިޔަ ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކު އެ ކޯޕަރޭޝަނުން ސަސްޕެންޑުކޮށްފިއެވެ.
ވެމްކޯގެ ޔުނީފޯމުގައި ކުނި ނަގަން ގެއެއްގެ ތެރެއަށް ވަދެ ބޮޑުކަމުދާ މަންޒަރު ފެންނަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯއިން އޭނާ ވަރަށް ބޮޑަށް ފާހާނައަށް ދާން ބޭނުންވެފައި ހުންނަ މަންޒަރު ފެނެއެވެ. އަދި އޭގެ ފަހުން އޭނާ ހުރި އެޕާޓުމަންޓުގެ މަތީ ފްލޯއަށް އަރައި އޭނާ ވަނީ ބޮޑުކަމުގޮސްފައެވެ.
މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ ވެމްކޯއަށް އަމާޒުވެފައެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް އެ ކުންފުނީގެ މުވައްޒަފު ހިންގާފައިވާ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން. މި މުވައްޒަފުގެ ފަރާތުން ހިނގައިދިޔަ މި އަމަލަށް މައާފަށް އެދެން." ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވެމްކޯއިން ބުނީ މި މައްސަލަ ބަލައި އެ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެފަދަ އަމަލުތައް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ވެމްކޯގެ ޔުނީފޯމުގައި ތިބެ ކުށެއް ކޮށްފި ނަމަ، މީގެ ކުރިންވެސް އެ މުވައްޒަފަކަށް އެ ކޯޕަރޭޝަނުން ވަގުތުން ފިޔަވަޅު އަޅައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު