މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ހަމަޖައްސައިފިއެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ވިލާ ކޮލެޖުން ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވައިގެން ހުންނެވި ފަޒީން ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގައެވެ. އަދި ފަހުން ރާއްޖެޓީވީގައިވެސް މަސައްކަތް ކުރެއްވިއެވެ.
ގައިސް އިސްތިއުފާ ދެއްވުމާއި ގުޅިގެން ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ރައީސް އޮފީހުން މި މަހުގެ 12 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މެންބަރު ކަމަށް އެދޭ ފޯމާއި އިގުރާރުގެ އިތުރުން އެ މީހެއްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމު މި މަހު 22 ވަނަ ދުވަހާއި 23 ވަނަ ދުވަހުގެ 9:30 އިން 12:30 އަށް އެ އޮފީހަށް ބަލައިގަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު