މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 80،000 އިން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްްކާ ގޮތުން އަހަރުގެ ފުރަތަމަ 16 ދުވަސް ތެރޭ ރާއްޖެއަށް 81,772 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައިވަނީ 67,158 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލައި އިރު، 21.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ގައުމުން މިހާތަނަށް 13,849 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއީ މާކެޓުގެ 16.9 ޕަސެންޓެވެ. ލިސްޓުގެ ދެވަނައިގައި އިޓަލީ އޮތްއިރު މިދިޔަ އަހަރު މާކެޓުގެ އެއްވަނައިގައި އޮތް އިންޑިއާ މި ވަގުތު އޮތީ ތިންވަނައިގައެވެ.
ތަފާސްހިސާބުތަކަށް ބަލައި އިރު، މި އަހަރު އެވްރެޖުކޮށް ދުވާލަކު 5,111 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރިއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު