ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން ކަންމަތި ސްޕޯޓްސް ކްލަބާއި އައްޔަނި އެފްސީ އަދި ސްކޯޕިއަން ސިޓީ މޮޅުވި އިރު، ސްކޮޑްރާ ސްޕޯޓްސް ކްލަބާއި ޒެފިއާސް ސްޕޯޓްސް ކްލަބު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތް އާދީއްތަ ދުވަހުގެ ރޭ ފަށާފައިވާ އިރު، ރޭ ކުޅުނީ ގްރޫޕް ސީގެ ދެ މެޗާއި ގްރޫޕް ޑީގެ ދެ މެޗެވެ.
ރޭގެ ފުރަތަމަ މެޗުގައި ގްރޫޕް ސީގެ ޒެފިއާސްއާއި ސްކޮޑްރާ ވާދަކުރި މެޗު އެއްވަރުވެގެން ނިމުނީ 6-6ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްކޮޑްރާގެ ހަ ގޯލުގެ ތެރެއިން ހަތަރު ގޯލު މުހައްމަދު ވިލްފް ޖަހައިދިން އިރު، އަނެއް ދެ ގޯލު ޖެހީ މުހައްމަދު ޖުމާނާއި އައިހަމް ސައީދެވެ. ޒެފިއާސްގެ އަންސަރު އިބްރާހީމް ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖަހައިދިނީ އިބްރާހީމް ރަފާހް، އައްޒާމް ނިޔާޒްގެ އިތުރުން އިފްހާމް ރަޝާދާއި އަހުމަދު ސާދިންނެވެ.
ރޭ ކުޅުނު ގްރޫޕް ސީގެ އަނެއް މެޗުގައި ސްކޯޕިއަން ސިޓީން ގެލެކްޓިކޯ އެފްސީ ބަލިކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ސްކޯޕިއަން ސިޓީގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ނާއިލާއި މުސައްނިފް މުހައްމަދެވެ. އޭގެ ތެރެއިން ނާއިލް ހެޓްރިކެއް ހެދި އިރު، އަނެއް ގޯލަކީ ގެލެކްޓިކޯގެ އަހުމަދު ސާހިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ކަންމަތިން ކެޕްޓަން ސްޕޯޓްސް ކްލަބު ބަލިކުރީ 8-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަންމަތީގެ އަލީ ސާމިސް (ތޮއްޕެ) ހެޓްރިކް ފުރިހަމަ ކުރި އިރު، އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން ކަންމަތީގެ އަނެއް ގޯލް ޖެހީ އިބްރާހިމް ސިނާހް (ސިނާ) އެވެ.
މެޗުގައި ކެޕްޓަން ސްޕޯޓްސްގެ ދެ ގޯލުވެސް ޖެހީ ހުސައިން އަޒުމަތެވެ.
ގްރޫޕް ޑީގައި ރޭ ކުޅުނު އަނެއް މެޗުގައި އައްޔަނި އެފްސީން އެލްއެފް ސްޕޯޓްސް ކްލަބު ބަލިކުރީ 5-4ގެ ނަތީޖާއަކުންނެވެ. މެޗުގައި އައްޔަނި އެފްސީގެ އަލީ ޝަމާލް އަބްދުﷲ ދެ ގޯލު ޖަހައިދިން އިރު، އަނެއް ގޯލުތައް އެ ޓީމަށް ޖަހައިދިނީ އަހުމަދު ބައްސާމް މުހައްމަދު ނައީމާއި ސާޖިދު ރަޝީދު އަދި ޔާމިން މުހައްމަދެވެ. މެޗުގައި އެލްއެފް ސްޕޯޓްސް ކްލަބުގެ ގޯލުތައް ޖަހައިދިނީ އަހުމަދު ރާހިލް ރަޝީދާއި އާދަމް މާހިލްގެ އިތުރުން އަލީ ފާރިޝްއާއި އަލީ މީސާގު އީސާއެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުންދާ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު ގްރޫޕެއްގެ މެޗުތައް ކުޅެވިގެންދާނެއެވެ. ގްރޫޕް އޭ ފިޔަވާ ދެން ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް އޭގައި ފަސް ޓީމު ވާދަކުރާނެއެވެ.
ހަތަރު ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އުސޫލުން މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ކުއާޓާގެ މެޗުތައް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އެކިއެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާއިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސްއެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.
މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮން ލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ރޮކްޒް - ރިޕްލޭ އެފްސީ
21:00 ލާމު ގަން ފުޓްސަލް ޓީމް - ޖޭކޭ އެސްސީ
22:00 އައިސީއޭ އެފްސީ - ދަ ވަން އެސްސީ
23:00 އެފްސީ ކާމްސް - ކްލަބު ޓީއެންޓީ
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް