ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 164 ފުލުހަކު ދަސްވެނިވެއްޖެއެވެ.
އައްޑޫ ޕޮލިސް އެކެޑެމީގައި ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީވެސް ރައީސް ސޯލިހެވެ.
- އައިނެއްލާ ސްކޮޑުން އެއްވަނަ: ކޮންސްޓަބަލް އައިމިނަތު ޝިރަން
- އަންބަރީ ސްކޮޑުން އެއްވަނަ: ކޮންސްޓަބަލް މޫސާ ޝާން
- ބީފާން ސްކޮޑުން އެއްވަނަ: ކޮންސްޓަބަލް އައިމިނަތު ހަމީޒާ އަހުމަދު
- ހާޖީ ސްކޮޑުން އެއްވަނަ: ކޮންސްޓަބަލް ހައްވާ ފައިހާ
- ރަން ވިއްކާ ސްކޮޑުން އެއްވަނަ: ކޮންސްޓަބްލަ މުހައްމަދު މިސްތާދް މީޝާލް
- އައުޓްޑޯ މާއްދާތަކުން އެއްވަނަ: ކޮންސްޓަބަލް އާޝިޔަތު ސުޖީން
- އިންޑޯ މާއްދާތަކުން އެއްވަނަ: ކޮންސްޓަބަލް އައިމިނަތު ހަމީޒާ އަހުމަދު
- ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު: ކޮންސްޓަބަލް މުހައްމަދު މިސްތާދް މީޝާލް
ޚަބަރު
ޚަބަރު
ޚަބަރު