ޓެކްނޮލޮޖީ

އަހަރެމެން ބުނި ކޮންމެ މައުޟޫއަކަށް ޗެޓްޖީޕީޓީން ލިޔެދޭނެ

އާދަމް ނަސީރު

މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނެވެ. ޕުރޮގުރާމްތައް މިހާރު ފައްކާ ވަމުން އެ އަންނަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ބާރުވެރިކަން އޭގައި ފިސާރި ގަދަކޮށް ހިމެނިގެންނެވެ. ރިސާޗް ކުންފުނި އޯޕަންއޭއައި އިން އުފައްދާފައިވާ ޓެކްސްޓް ޖެނެރޭޓިން ޕްރޮގްރާމް ޗެޓްޖީޕީޓީގައި ތަފާތު މައުޟޫތަކަށް މަޒުމޫން އަދި ޅެންވެރިކަމުގެ ސްޓައިލްތަކުގައި ވެސް ގިނަ މައުޟޫތަކެއް ޖަހާލުމުން އެ ލިޔެވޭނެ އެވެ. އަމިއްލައަށް ޓައިޕް ކުރާކަށް ނުޖެހޭނެ އެވެ.

ތިރީގައިވާ ވީޑިއޯއިން އެ ފެންނަނީ މި ބުނާ އާޓިފިޝަލް އިންޓެލިޖެންސްގެ ކުޅަދާނަކަމެވެ. ޗެޓްޖީޕީޓީ ވެބްސައިޓްގެ ކުޅަދާނަކަމުން ކުރިއަށް އޮތް ޖީލަށް އަމިއްލައަށް މަޒުމޫންތައް އަދި ޅެން ހެދުމާއި ލަވަތައް ލިޔުންވެސް ވެގެންދާނީ ވަރަށް ފަސޭހަ ކަމަކަށެވެ. އޯޕަންއޭއައި ވެބްސައިޓަށް ގޮސް، ލިޔަން ބޭނުންވާ މަޒުމޫނެއްގެ މައުޟޫ ޖަހާލުމުން ފުދެއެވެ. މަޒުމޫނުގެ ނުވަތަ ހަދަން ބޭނުންވާ ޅެންބައިތުގެ އެކި ބައިތައް ލިޔެވިގެން އަންނަ ގޮތް އިންސާނީ ލިޔުމުގެ ވައްޓަފާޅިއަށް ފެތޭނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ގެ ރަން ޒަމާން މި އޮތީ އައިސްފައި ކަން މި ތަފާތު ވެބްސައިޓުން މި ކޮށްދޭ ކަންކަމުން ސާފުވެގެންދާނެއެވެ. ފަހަރެއްގައި އޭގެ ކުރީގެ އެއްވެސް ޕުރޮގުރާމަކުން ނުވަތަ އޭ.އައި މޮޑެލަކަށް ވުރެ މާ ތަޖުރިބާކާރު އަދި ހަގީގީ މަޒުމޫނެއްގެ ސިފަ ޖެހިގެން ލިޔެވޭ މި ޗެޓްޖީޕީޓީގެ ކުޅަދާނަކަން އިންސާނާ ހައިރާން ކުރުވައިފާނެއެވެ.

އެހެން ނަމަވެސް، މަޝަހޫރު މޮޅެތި ޅެންވެރީންނާއި މޮޅު ލިޔުންތެރީންގެ މަޒުމޫނުތަކާއި ހަމަކުރަން މި ޗެޓްބޮޓް އަދިވެސް އެތައް އަހަރެއް ނަގާނެއެވެ. ސަބަބަކީ މިއީ ކޮމްޕިއުޓަރު ޕުރޮގުރާމަކަށް ވުމެވެ. އިންސާނާ އަމިއްލަ ބައެއް އުނިކަންތައްތައް ކިޔައިދިނުމަށް ކުޅަދާނެ ވެފައިވާ މިންވަރަށް މި ޗެޓްބޮޓްގެ ކުޅަދާނަކަން އަދި ނުލިބި ހުރެދާނެއެވެ. އިތުރަށް ޓެސްޓްކޮށް މޮޅެތި ލިޔުންތައް މި ޕުރޮގުރާމްގެ ތެރޭ ހިމެނުމަކުން އަދި އިންސާނާގެ ވިސްނުމާއި ފިކުރަށް ހިމުންވެގެން ނުދިޔަ ނަމަވެސް މިއިން ލިބެނީ ގުޅިފައިވާ ފުރިހަމަ ޖަވާބުތަކެކެވެ. އާދަޔާ ހިލާފު މޮޅު ލިޔުންތަކެވެ. ޗެޓްޖީޕީޓީއަށް މައުލޫމާތުތައް އިތުރުވާ ވަރަކަށް އެ ޕުރޮގުރާމް ފުރިހަމަވެ އިތުބާރާއެކު މޮޅެތި ގިނަ މައުލޫމާތު ހިމެނޭ ލިޔުންތައް ލިޔުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ނެރުމާ ގުޅިގެން އިންސާނުންގެ އަމިއްލަ ސިކުނޑިން ލިޔާ މަޒުމޫންތަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ބަލައި މި އެޕްލިކޭޝަން ބޭނުންކުރާ ގޮތް ރެގިއުލޭޓް ކުރުމާ މެދުވެސް ބަހުސްތަކެއް ފެށިގެން ދިޔައެވެ. ބައެއް މީހުން ބުނާ ގޮތުގައި ޗެޓްޖީޕީޓީއަކީ އެހެން އޭއައި ޓެކްނޮލޮޖީތަކެކޭ އެއްފަދައިން ހަރުކަށި އޯވަސައިޓާއި ރެގިއުލޭޝަނެއްގެ ދަށުގައި އޮންނަން ޖެހޭ ކަމެކެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ޗެޓްޖީޕީޓީއާ މެދުވެސް ކަންތައް ކުރާން ޖެހޭނީ މުވާސަލާތީ ޓެކްނޮލޮޖީގެ އެހެން ކަންތައްތަކެކޭ އެއްގޮތަށެވެ. ޗެޓްޖީޕީޓީއަކީ ބަހުގެ ހަމަތައް ހިފަހައްޓާނެ އެޕްލިކޭޝަނެއް ކަމަށާއި ނަމަވެސް އިންސާނުން ލިޔާފަދަ ލިޔުންތައް އުފައްދައި، އެ ފަންނު މުޅިން ނެތިކޮށްލައިފާނެ ފަދަ އެޕްލިކޭޝަނަކަށް ނުވާނެ ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

ފުޅާ ދާއިރާއެއްގައި އެކި މައުޟޫތަކަށް، ސައްހަ މައުލޫމާތު ހިމަނައިގެން މަތީ ފެންވަރުގެ މަޒުމޫނުތަކެއް މި އެޕްލިކޭޝަނުން ނުވަތަ ވެބްސައިޓުން މިހާރު ވެސް ލިޔެވޭ އިރު، އަހާ ސުވާލު ތަކަށް ފަސޭހަކަމާއެކު ޖަވާބުދާރީވުމުގެ ގާބިލުކަންވެސް މި ވެބްސައިޓްގައި ވަނީ ހިމަނައިފައެވެ. މި ފެންވަރުގެ އެޕްލިކޭޝަނެއް ގިނަ ބަޔަކު ބޭނުން ކުރަން ދޫކޮށްލައިފި ނަމަ ލިޔުންތެރިންގެ އިތުރުން ވަކިވަކި ފަރުދުން މި ޕުރޮގުރާމް ނުވަތަ އެޕްލިކޭޝަން ބޭނުންކޮށްގެން ގޯސް މައުލޫމާތު ހިމެނޭ މަޒުމޫންތައް ލިޔެ އެ ބޭނުންކުރެވިދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ އުފެދިފައެވެ.

އެހެން ނަމަވެސް ޔަގީން ކުރެވޭ ކަމަކީ މިއީ ޓެކްނޮލޮޖީގެ ތެރެއަށް އިތުރުވެގެން އަންނަ މުޅިން އާ ވަސީލަތެއް ކަމާއި އިންސާނުން މި ބޭނުންވާ ފަދަ ބޮޑު ފަސޭހަކަމެއް މި ޓެކްނޮލޮޖީގެ އެހީގައި ލިބެމުން އަންނަ ކަމެވެ.

ޗެޓްޖީޕީޓީގެ އިޝްތިހާރެއް ---