އައްޑޫ ފޭދޫގައި އެޅުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އާ ސްކޫލުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ފޭދޫގައި އަލަށް ހަދާ ސްކޫލަކީ މުޅި ސްކޫލު އެކީ ފަރުމާކުރެވޭ ގޮތަށް އަޅާ ސްކޫލެއް ކަމަށެވެ.
އެގޮތުން ލެބޯޓަރީތަކާއި މެސް ރޫމްތަކާއި ނާސަރީތަކާއި ކުޅިވަރުކުޅޭނެ ތަންތަން އެ ސްކޫލުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"މި ސްކޫލު ހެޔޮ އިރުވަރެއްގައި ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ. އަދި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ފޭދޫ ސްކޫލަކީ ނާސަރީން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ. އަދި މިއީ ފޭދޫގައި ހުރި ހަމައެކަނި ސްކޫލު ވެސް މެއެވެ.
ފޭދޫ ސްކޫލުގައި 600 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރާ އިރު، އެ ސްކޫލަކީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ސްކޫލެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު