މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޑްމިޓް ކުރި ނަމަވެސް، އެ މަނިކުފާނުގެ ހާލު ރަނގަޅު ކަމަށެވެ.
"މިހާރު މި ހުންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ބައެއް ޓެސްޓުތައް ހެދުމަށް. އަޅުގަނޑު ހާލު ރަނގަޅު" މައުމޫން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މައުމޫންގެ ޓެސްޓުތަކެއް ހަދަން އެޑްމިޓްކުރީ އެ މަނިކުފާނުގެ ލޭގެ ޕްރެޝަރު މަތިވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު