ހުޅުމާލޭ އަތިރިމަތިން ފެނުނު އިންސާނެއްގެ ކަށިތަކަކީ ވަޅުލާފައި ހުރި އެއްޗެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ބުނީ، މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 5:38 ހާއިރު ހުޅުމާލެ ރެޑްބުލް ޕާކާ ދިމާލު އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ކަށިތަކާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާއިން "ވަން" އަށް އިއްޔެ ބުނީ ހުޅުމާލެއިން ފެނުނު ކަށިތަކަކީ އެ ސަރަހައްދަށް ލައްގާފައި ހުރި އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. އެއީ އެ ސަރަހައްދުގައި ވަޅުލާފައި ހުރި އެއްޗެއް ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ މި ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކަށިތައް ފެނިފައިވަނީ ކުނިތަކަކާއި މަސްހިފާ ޒާތުގެ ދާގަނޑަކާއެކު ލައްގާފައި އޮއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު