ހުޅުމާލޭ ފޭސް ދޭއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް ދޭއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ރޭ ދަންވަރު 1:15 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައުލޫމާތު ލިބުމާއެކު ފުލުހުން އެސަރަހައްދަށް ދިޔަ ކަމަށާއި އަދި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަނިޔާ ލިބިފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި ލިބުނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.