ހުޅުމާލޭ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ، މިއަދު 17:38 އެހާކަންހާއިރު ހުޅުމާލެ ރެޑްބުލް ޕާކާ ދިމާލު އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި ކަށިތައް ފެނިފައިވަނީ ކުނިތަކަކާއި މަސްހިފާ ޒާތުގެ ދާގަނޑަކާއެކު ލައްގާފައި އޮއްވައެވެ.