އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ގދ. ފަރެސްމާތޮޑާ، ދިލްދާރުގެ އާމިނަތު ރަޝީދާ 84އ. އެވެ. އާމިނަތު ރަޝީދާ އުމްރާގެ އަޅުކަން އަދާކުރަން ދިޔައީ ކަމަނަ އަލް ހައްޖު ވަލް އުމްރާގެ ފަރާތުންނެވެ.

ކަމަނަ އަލް ހައްޖު ވަލް އުމްރާއިން މިއަދު ބުނީ، އާމިނަތު ރަޝީދާ މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހު މައްކާ ގަޑިން 11:55 ގައި ކަމަށެވެ.

އާމިނަތު ރަޝީދާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު އަސްރު ނަމާދަށްފަހު މައްކާގެ ހަރަމްފުޅުގައި ކަމަށް ކަމަނަ އަލް ހައްޖު ވަލް އުމްރާއިން ބުންޏެވެ.

އަމިނަތު ރަޝީދާއާ އެކު އޭނާގެ އާއިލާ މީހުންވެސް ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައެވެ.