އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ ކެމްޕޭން ޓީމުތަކާ މިރޭ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ކެމްޕޭން ޓީމުތަކާ ރައީސް ބައްދަލުކުރައްވާނީ މިރޭ 8:30 ގައި ދަރުބާރުގެ ފާށަނާ މާލަމުގައެވެ.
ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މާލޭ ދާއިރާގެ މެމްބަރުންނާއި ކެމްޕޭން ޓީމުތަކާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު