ނީލަން ފިހާރައިގައި އަލިފާން ރޯވުމާއި ގުޅިގެން ދެ ސްކޫލެއްގެ ކިޔެވުން މިއަދު ކެންސަލް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަނުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލުގެ ކިޔެވުން މިއަދު ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އިމާދުއްދީން ސްކޫލް މިހާރު ބޭނުން ކުރަމުންދަނީ ހާލުގައި ޖެހުނު ސިޓީ ކައުންސިލް ބިދޭސީންގެ ވަގުތީ ބޯހިޔާވަހިކަމުގެ ތަނެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
ހާދިސާއާ ގުޅިގެން އިމާދުއްދީނާއި އިއްޒުއްދީންގެ އިތުރުން ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލާއި ވިލާ އިންޓަނޭޝަނަލް ސްކޫލްގެ ކިޔެވުންވެސް މިއަދު ވަނީ ކެންސަލްކޮށްފައެވެ.
ނީލަން ފިހާރަ ސަރަހައްދުގައި ހުރި ސިޓީ ކައުންސިލްގެ ތިން އެކޮމޮޑޭޝަން ބުލޮކުގެ ތެރެއިން އަލިފާން ރޯވީ ދެ ތަނެއްގައެވެ. އެ ތަނުގައި 166 ބިދޭސީއަކު އުޅޭއިރު އެކޮމޮޑޭޝަން ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު