މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް އަހުމަދު ގައިސް އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ގައިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނުކުމެ ހުންނެވީ މާ މުހިންމު އެހެން ގައުމީ މަސައްކަތެއް ކުރައްވަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ރައީސް އިބޫ ކާމިޔާބު ކުރައްވާނެ. ހުއްޓި ތިބެވޭކަށް ނެތް، ފަހަތަށް ދެވޭކަށް ނެތް،" ގައިސްގެ ޓުވީޓުގައިވެެއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ގައިސް އައްޔަންކުރެއްވީ 5 ޑިސެމްބަރު 2019 ވަނަ ދުވަހުއެވެ.

ބްރޯޑްކޮމްގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާއެވެ. ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވާނީ އަމްޖަދު ވަހީދާއި އަލީ ޔޫސުފްއާއި އާމިނަތު އަމީނާގެ އިތުރުން މުހައްމަދު ފަޒީން އަދި ޝިފްލާ އިބްރާހީމެވެ.