ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޖަލްސާއަކާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއް އެއް ވަގުތެއްގައި އެއް ސަރަހައްދެއްގައި ރޭ ކުރިއަށްގެންދިއުމަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ހާމަވާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ފެކްޝަނުގެ ފަރާތުން ރޭ ވަނީ އެމްޑީޕީ ހަރުގޭގައި ޖަލްސާއެއް ބާއްވައިފައެވެ. ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާ ކުރިއަށްދިޔަ ވަގުތު އެމްޑީޕީ ހަރުގެއާ ދިމާ، އާޓިފިޝަލް ބީޗުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްވެސް ކުރިއަށް ދިޔައެވެ.
އެ ޖަލްސާގައި، އާރަށް މައްސަލައިގައި 11 އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ރޭގެ ޖަލްސާތަކާ ގުޅިގެން ފަސްޓް ލޭޑީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެއަކީ ތާރީހީ ރެއެއް ކަމަށެވެ. ދެ ޕާޓީގެ ޖަލްސާ އެއް ތަނެއްގައި ބޭއްވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށް ވިދާޅުވިއެވެ.
"ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ" މެޑަމް ފަޒްނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު