އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް "އަހަރީ ޕްލޭން"ގެ ނަމުގައި ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ފޮނުވި ނޫސް ބަޔާނެއްގައި ބުނީ, ދިގު މުއްދަތަށް ބޭނުންކުރެވޭ މި ޕްރީޕެއިޑް ޕްލޭން ނަގާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް 1 ޖީބީ ޑޭޓާ, ޖުމުލަ 365 ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ. މި ޕްލޭންގެ އަގަކީ 3,000 ރުފިޔާއެވެ.
މި ޕްލޭން މިހާރު ގަނެވޭއިރު އުރީދޫން ބުނީ, "އަހަރީ ޕްލޭން" ފަރުމާކޮށްފައިވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުންނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށް ކަމަށެވެ.
އަހަރީ ޕްލޭން އެކްޓިވޭޓް ކުރުމަށް:
- އުރީދޫ އެޕް http://ore.do/app އަށް ޒިޔާރަކޮށްލާ
- UD365 ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކޮށްލާ ނުވަތަ
- 1#*929* އަށް ޑައަލްކޮށްލާ
އުރީދޫއަށް އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ކުންފުނީގެ ފިހާރައިން ނުވަތަ އުރީދޫ ޕާޓްނާ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު