ޚަބަރު

ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ސޯލިހު މީޑިއާތަކާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:30 ގައި ކަމަށެވެ.

ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މިއަހަރު ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ. އެހެންކަމުން މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ 200 ދުވަހަށްފަހު އެ މަނިކުފާނު ބާއްވަވާ ފުރަތަމަ އެފަދަ ބައްދަލުވުމެވެ.

އެމަނިކުފާނު މީޑިއާތަކާއި ބައްދަލުނުކުރައްވައި މިހާ ގިނަ ދުވަސްވުމުން، ބައެއް މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.