ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 44.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކުރެންދޫއަކީ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މިދިޔަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި އެރަށަށް އުދަ އެރުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުން ލިބި، މޫދާ ކައިރީގައި ހަދާފައިވާ ރީތި ފުޓްބޯޅަ ދަނޑަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު