އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރުދިން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި މިކަމުގެ މާބޮޑު ތަފުސީލެއް ފުލުހުން ނުދެއެވެ.
މީގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ހިތްވަރުދިން އައްބާސް، އޭނާގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ.
"(ހުޅުޖެހުމުގެ) ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހޭޝްޓެގާއެކު އައްބާސް ވިދާޅުވިއެވެ.
އޭނާ ހައްޔަރުކޮށްފައިވާ އިރު، އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެކަން ސިޔާސީ ޕާޓީތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު