ފުލުހަކަށް އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މަގުމަތިން ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އޮފިސަރު ވިދާޅުވިއެވެ.
އޮފިސަރު ވިދާޅުވީ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން، އޭނާއަކީ އޭނާއަކީ ކުށުގެ ރެކޯޑް ގިނަ އަދި ތުހުމަތު ކުރެވޭ މިންވަރަށްވެސް އޭނާގެ ރެކޯޑް އޮތް މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު