އާޖެންޓީނާއިން ވޯލްޑްކަޕް ކާމިޔާބުކޮށް ލިއޯ މެސީ މުބާރާތުގެ ތަށި އުފުލައިލުމުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރަށް ބޮޑު ނުތަނަވަސްކަމަކާއި ހިތްދަތިކެއް ތަޖުރިބާކުރަން ޖެހިފައިވާ ކަމަށް ނޫސްތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.
ސްޕޭނުގެ އެންމެބޮޑު ކުޅިވަރު ނޫސް ކަމަށްވާާ މާރސާއިން ރިޕޯޓްކުރާގޮތުގައި އުމުރުން 37 އަހަރުވީ ރޮނާލްޑޯ މިވަގުތު ހުރީ ފިކުރުތަކާއި ދުރުވުމުގެ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައެވެ. ސައޫދީ އަރަބިޔާގެ ކްލަބެއް ކަމަށްވާ އައްނަސްރާއެކު އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ކޮޅެއްގައި ޖެއްސުމުގެ ބޭނުންވެސް ހިމެނޭގޮތުންނެވެ. އެ ކުލަބުން އުންމީދު ކުރަނީ މިމަސް ނިމުމުގެ ކުރިން ރޮނާލްޑޯގެ ސޮއި ލިބޭނެކަމަށެވެ. އެކަމަކު ރޮނާލްޑޯ އެދެމުންދާ ކަންކަމުގެ ގިނަކަމުން އެއްބަސްވުމެއް ފައިނަލްކުރެވޭގޮތް އަދި ނުވެގެން އުޅެނީއެވެ.
ވޯލްޑްކަޕާ ދިމާކޮށް މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓް ބާތިލްކުރީމާ އޭނާ އެހެރީ މިނިވަން ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ރޮނާލްޑޯ އެދޭ އުޖޫރައިގެ ބޮޑުކަމާއި އޭނާގެ އުމުރާއި ފާއިތުވި އަހަރެއްހާ ދުވަހުގެ ރިކޯޑުތަކަށް ބަލައިފައި ޔޫރަޕުގެ އެއްވެސް ޓީމަކުން ރޮނާލްޑޯއާމެދު ޝައުގުވެރިކަން ފާޅެއް ނުކުރެއެވެ. ވޯލްޑްކަޕްގެ ތެރޭގައިވެސް ރޮނާލްޑޯއާމެދު ކަންކަން ހިނގާފައިވަނީ ވަރަށް ބަދުނަސީބު ގޮތަކަށެވެ. ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯޝް އެންމެފަހުން އޭނާ ބޭންދީ ބެންޗުގައެވެ.
އަނެއްކޮޅުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ ލިއޯ މެސީވަނީ އާޖެންޓީނާއަށް ތަށި ކާމިޔާބުކޮށްދީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އާޖެންޓީނާއާއި މެސީއާމެދު ނޫސްވެރިން ސުވާލުކުރަން މަސައްކަތްކުރީމާ ކޮންމެފަހަރަކުވެސް ރޮނާލްޑޯ ވާހަކަ ދެއްކުމުން އެކަހެރިވެގަނެއެވެ. އަދި އޭނާގެ ސޯޝަލް މީޑިއާގައިވެސް މިކަމާމެދު އެއްޗެއް ނުބުނެއެވެ. ދައްކާ ވާހަކައެއްވިއްޔާ ދައްކަނީ ރޮނާލްޑޯގެ އާއިލާގެ އަންހެން މެންބަރުންނެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު