އިންޑިއާގެ ބެންގަލޫރުގެ ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސްޓް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ ދިވެއްސަކު ގެއްލިގެން ހޯދަމުންދާތާ ދެ ހަފުތާ ވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށީ ރެޑްކޯސްޓް އަބްދުﷲ އާލިމް(36އ) އެވެ.
އާލިމްގެ ކޮއްކޮ އަހުމަދު އާޒިމް "ވަން"އަށް މިއަދު ބުނީ އާލިމް ގެއްލުނީ މިމަހުގެ އަށް ވަނަ ދުވަހު ރިހެބުން ބޭރަށް ހިނގާލަން ދިޔަ ފަހުން ކަމަށެވެ.
އާޒިމް ބުނީ އޭނާގެ ބޭބެ ގެއްލުނުކަން ރިހެބުން އެންގީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށާއި މިއަދާ ހަމަޔަށްވެސް އެއްވެސް ހަބަރެއްވެފައިނުވާ ކަމަށެވެ.
"ބޭބެ ފޮނުވާނެ ހިނގާލަން ބޭރަށް. އެކަމަކު އިރުއޮއްސެންވާއިރަށް ރިހެބަށް ވަންނަންޖެހޭނެ. އަށް ވަނަ ދުވަހުވެސް ބޭރަށް ހިނގާލަން ފޮނުވީ. އިރުއޮއްސެންވާއިރަށް ނައިމަ އެރޭ ލަސްކޮށްފަ އަންނާނެ ކަމަށް އެތާ މީހުން ބެލީ. ދެން ޖެހިގެން އައި ދުވަހު ރިހެބުން އާއިލާއަށް ގުޅާފަ ބުނީ ނާދެޔޭ ހިނގާލަން ދޮޔަގޮތަށް. އޭގެ ފަހުން ބެންގަލޫރު ފުލުހުންނާއި ގުޅިގެން މިދަނީ ބޭބެ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން." އޭނާ ބުންޏެވެ.
އާޒިމް ބުނީ މި މައްސަލަ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އިންޑިއާގެ އެމްބަސީ އާއި ގުޅިގެން އާލިމް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެ މިނިސްޓްރީންވެސް އަންގާފައިވާ ކަމަށެވެ.
އާޒިމް ބުނީ ރިހެބުން ގެއްލުނުތާ ދެ ވަނަ ދުވަހު ބެންގަލޫރުގެ ބަސް ސްޓޮޕެއް ކައިރިން އޭނާ ފެނުނު ކަމަށް އެތާ ޕޮލިސްޓޭޝަނަކުން ބުނި ކަމަށާއި އަދި އޭރު އޭނާ ގެއްލިގެން އުޅޭ ކަމެއް އެ ޕޮލިސްޓޭޝަނަށް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާގެ ހަބަރެއް އޭގެ ފަހުން ނުވާ ކަމަށް ބެންގަލޫރު ފުލުހުންނާއި ހަވާލާދީ އޭނާ ވަނީ ބުނެފައެވެ.
އާލިމް އަކީ އެ އާއިލާގެ ތިބި ދެ ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ކަމަށް އާޒިމް ބުންޏެވެ. ބެންގަލޫރުގެ ރިހެބުގައި އާލިމް ފަރުވާ ހޯދަމުންދާތާ މި މަހު އެއްއަހަރުވާނެ ކަމަށް އާޒިމް ބުންޏެވެ.
އާލިމްއާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އާޒިމްގެ ނަންބަރު 9825544 ނުވަތަ [email protected] މެއިލް ކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު