ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ސ. ހުޅުދޫ، ސީނިއަސްރުމާގެ މުހައްމަދު ޖައިލަމް 34އ. އެވެ.

ފުލުހުން މިއަދުކުރި ޓުވީޓެއްގައި ބުނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖައިލަމް ގެއްލިގެން އުޅޭ ކަމަށް އޭނާގެ އާއިލާއިން އިއްޔެގެ 10:54 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޖައިލަމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލޭ ފޭސް ދޭއްގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝަޓަކާއި ނޫކުލައިގެ ޖިންސެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޖައިލަމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.