މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕު ހެދުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކޮށްފައިވާ 1،200 ކިޔުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމުގެ މަސައްކަތާއި 62.25 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ރޭމްޕެއް އެޅުމުގެ މަސައްކަތާއި މޫރިިން ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްއެންޔޫގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 21 ޑިސެމްބަރު 2021ގައެވެ. މިއީ 6.89 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.