ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކޮމިއުނިޓީ ހަބެއް ގާއިމުކުރުމަށް އެޗްޑީސީން އަލޯހާ ކްލަބާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ހުޅުމާލޭ ބީޗް ސަރަހައްދުގައި ގާއިމު ކުރާ މި ހަބަކީ 406.23 އަކަ ފޫޓުގެ ބިމެއްގައި އިމާރާތް ކުރާ، ރައްޔިތުންނާ ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ހިންގާނެ ތަނެކެވެ.
އެގޮތުން ކުޑަކުދީންނަށް ހާއްސަ ކޮށްގެން މޫދުގެ ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުވުމަށް ލައިފް ސްކިލް ޕްރޮގްރާމްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ގިނަ ހަރަކާތްތަކެއް މި ހަބުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ވަކީން ހާއްސަކޮށް ތިމާވެއްޓަށް ގެއްލުންވާ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ޒުވާނުން އަދި ކުޑަކުދީންނަކީ ތިމާވެއްޓަށް ލޯބި ޖެހިފައި ތިބި ބަޔަކަށް ހެދުމަށް ވެސް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު