މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިފްކޯގެ ފަސްމީރު ބްރޭންޑް މަސްދަޅުގެ އާ ދެ އުފެއްދުމެއް ބާޒާރަށް ނެރެފިއެވެ.

ފަރެސްމާތޮޑާގައި ކުރިއަށްދިޔަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކްސްޕޯގައި މިފްކޯގެ އާ އުފެއްދުންތައް ތައާރަފު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިފްކޯއިން ތައާރަފު ކުރި އެއް އުފެއްދުމަކީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، ވަގުތުން ބޭނުންކޮށްލެވޭ، ވަޅޯމަސް މަސްދަޅެވެ. މި މަސްދަޅު ތައްޔާރުކޮށްފައި ވަނީ މިފްކޯއިން އުފައްދާ ސިއްހަތައް ރަގަނޅު އުފެއްދުންތަކުގެ ތެރޭގެއި ހިމަނައި ވަޅޯމަސް ޒައިތޫނި ތެލުގައި ބަންދުކޮށްގެންނެވެ.

މިފްކޯއިން ދެވަނައަށް ތައާރަފުކުރިީ ލޮނުމެދު މަސްދަޅެވެ. ލޮނުމެދު މަސްދަޅަކީ ގިތެޔޮމިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅެކޭ އެއް ގޮތަށް މަސްދަޅުގައި ލޮނުމެދު ހިމަނައިގެން އުފައްދާފައިވާ އުފެއްދުމެކެވެ.

މަސްވެރިންގެ އެކްސްޕޯގައި އަލަށް ބާޒާރަށް ނެރުނު މަސްދަޅުތަކުގެ ރަހަބަލާލުމުގެ ފުރުސަތު ހުޅުވާލިއިރު، އުފެއްދުންތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.