ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ރޫޓުތަކުގެ ތެރެއިން އޯކިޑް ރޫޓުގައި ބަސް ހުއްޓާ ތަންތަނަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯކިޑް ރޫޓަށް ގެންނަ ބަދަލާއެކު މިހާރު ބަސްހުއްޓާ ދެ ސްޓޮޕެއް އުނިކޮށް، ހަތަރު ސްޓޮޕެއް އިތުރުކޮށްފައިވާ ކަމަށެވެ. އުނިކުރި ދެ ސްޓޮޕަކީ ބޮޑުތަކުރުފާނު މަގު ވެސްޓް ޕާކް ސްޓޮޕާއި މަޖީދީމަގު ސޯޝަލް ސެންޓަރު ސްޓޮޕެވެ.
އިތުރުކުރަން ނިންމާފައިވާ ސްޓޮޕްތަކަކީ:
އެމްޓީސީން ބުނީ މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާއިން ފަށައިގެން ކަމަށެވެ.
މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް ވަނީ ކަނޑައަޅައިފައެވެ. އެއީ އޯކިޑް ރޫޓާއި އަމީނީ ރޫޓް އަދި ސޯސަން ރޫޓެވެ. މި ހިދުމަތަށް މާލޭގައި ޖުމުލަ 18 ޑީސަލް ބަސް ބޭނުންކުރަމުން އަންނައިރު އެމްޓީސީސީން ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތަށް ދިނުމަށް ދާފި ފަހުން ހަ އިލެކްޓްރިކް ބަސް ގެނެސްފައެވެ. ނަމަވެސް އެ ބަސްތައް ބޭނުންކުރަން ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.