ސަރުކާރުގެ ވިޔަފާރު ކުންފުނި އެސްޓީއޯ އިން އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް އެވޯޑް ހަފުލާއެއް ބާއްވައިފިއެވެ.
އެސްޓީއޯއިން ބުނީ ސްޓާފް އެވޯޑެއްގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ އިތުރުން އެ ކުންފުނީގެ ކުރިއެރުމަށް ބާރުފޯރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފު ދިނުން ކަމަށެވެ.
އެގޮތުން މި އަހަރުގެ އެވޯޑް ދީފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް އެ ކުންފުންޏަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން އެވޯޑަށް ނޮމިނޭޓްކުރި މުވައްޒަފުންގެ މެދުގައެވެ. ނޮމިނޭޝަން ހުޅުވާލީ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.
ނޮމިނޭޝަނަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެވޯޑަށް 598 މުވައްޒަފެއްގެ ނަން ނޮމިނޭޓް ކުރި އިރު، އިވެލުއޭޝަންއަށް ކުރިއަށް ގެންދިޔައީ އެކަމަށް ހާއްސަކޮށްގެން އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި އެވޯޑް ހަފުލާގައި 12 މުވައްޒަފަކަށް އެވޯޑް ދީފައިވެއެވެ.
- ސާވިސް އެކްސަލަންސް އެވޯޑް - ލުބުނާން އިބްރާހިމް، ފާމަސީ ކޯޑިނޭޓާ
- ސޭލްސް ފްރޮންޓް ރަނާ އެވޯޑް - އަބްދުﷲ އިހުސާން، ސޭލްސް ކޯޑިނޭޓާ
- ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް - މުހައްމަދު ޖަލީލު، ސާވިސް ސަޕޯޓް ޓެކްނީޝަން، ޕީޕަލްސް ޗޮއިސް
- ޓީމް ޕްލެޔާ އެވޯޑް - ހާމިދު ސައީދު، ސީނިއާ އައިޓީ ސަޕޯޓް ސްޕެޝަލިސްޓް
- އައުޓް ސްޓޭންޑިން އިނޮވޭޓާ އެވޯޑް - މުހައިމިން ރަޝީދު، ސެކިއުރިޓީ އޮފިސާ
- އައުޓް ސްޓޭން އިނޮވޭޓާ އެވޯޑް - އައިސީޓީ ޑިވަލޮޕްމަންޓް ޓީމް
- ސޯޝަލް މީޑިއާ ޝައުޓް އައުޓް އެވޯޑް - ފާތިމަތު ފަޒާތު، ޕީއާރު މެނޭޖާ
- އެޑިއުކޭޝަން އެޗީވްމަންޓް އެވޯޑް - ފާތިމަދު އީމާ ފަޔާޒު، ޕްރޮކިއުމަންޓް އޮފިސާ
- ސްޕޯޓްސް ސްޓާ އެވޯޑް - އައިމިނަތު ޝައްފަ، ސްޓޯ ސްޕަވައިޒާ
- ސްޕޯޓްސް ސްޓާ - މަރިޔަމް މަރީޝާ، ކިޗަން އެސިސްޓެންޓް
- ސްޕޯޓްސް ސްޓާ - ހުސެއިން އަލީ، ޕްރޮކިއުމަންޓް މެނޭޖާ
- އެމްޕްލޮއީ ޗޮއިސް އެވޯޑް - މުހައްމަދު ޒިޔާދު، ޕްރޮކިއުމަންޓް އޮފިސާ
މި އަހަރު ދޭން ނިންމި އެވޯޑްތަކުގެ ތެރޭގައި ބްރިލިއަންސް އެވޯޑާއި ހައިޕަވާ ހެލްޕާ އެވޯޑްވެސް ހިމެނެއެވެ. ނަމަވެސް އެ ދެ އެވޯޑް ދީފައިނުވަނީ ޝަރުތުހަމަވާ އެއްވެސް ނޮމިނޭޝަނެއް ލިބިފައި ނެތުމުންނެވެ.
ހައިޕަވާ ހެލްޕާ އެވޯޑަކީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުޖުތަމައުއަށް އެފަރާތުގެ އަމަލުން ފައިދާހުރި ކަންކަން ކޮށްދީފައިވާ މުވައްޒަފަކަށް ދޭ ނިންމި އެވޯޑެކެވެ.
ބްރިލިއަންސް އެވޯޑަކީ ބައިނަލްއަގުވާމީ މުބާރާތެއް ނުވަތަ މައުރަޒެއްގައި ރާއްޖެ ތަމްސީލުކޮށް ގޯލްޑް, ސިލްވާ, ނުވަތަ ބްރޮންޒް މެޑަލް ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ދޭ ނިންމި އެވޯޑެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު