އުރީދޫ ނޭޝަން އިން ބާއްވާ ފީފާ މުބާރާތަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ގެ ކުރިން ރަޖިސްޓްރީވެވޭނެ ކަމަށެވެ. އެގޮތުން [މި ލިންކް](http://ore.do/fifa23) މެދުވެރިކޮށް އޮންލައިންކޮށް ރެޖިސްޓްރީވެވޭނެ ކަމަށްވެސް ބުންޏެވެ.

އުރީދޫން ބުނީ މި މުބާރާތް ފަށާނީ މި މަހުގެ 16 ގައި ކަމަށާއި މި މުބާރާތަކީ އީޓުއެސް ގޭމިން ފުވައްމުލަކު އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ބާއްވާ މުބާރާތެއް ކަމަށެވެ.

ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް ހަތަރު މަރުހަލާއެއްގައި ވާދަކުރާ އިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

މި މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓްގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ދޭނެއެވެ. އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • 1 ވަނައަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީ
  • 2 ވަނައަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް)
  • 3 ވަނައަށް ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާ

އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނު ކުރި މުބާރާތެކެވެ.