ދ. ރިނބުދޫން ފެނުނު ބޮލި ވަޅުގައި 84،000 ވުރެ ގިނަ ބޮލި ހުރި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ރިނބުދޫގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާގެ މަސައްކަތުގެ ތެރެއިން އެ ރަށުގެ ސިއްހީ މަރުކަޒާ ދިމާލަށް ދެކުނަށް އޮންނަ މަގު ކޮނުމުގެ ތެރޭގައި އާސާރީ ބޮލިވަޅެއް ފެނުނީ މި މަހުގެ ފަސްވަަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އެ ރަށު ކައުންސިލުން މިއަދު ބުނީ އެ ބޮލިވަޅުން ޖުމުލަ 84،919 ބޮލި ފެނިފައިވާ ކަމަށެވެ. އެއީ އިހު ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބާވަތުގެ ކުދި ބޮއްޔެވެ.
ރިނބުދޫ ކައުންސިލްގެ ރައީސް އަހުމަދު އިގްބާލް އަބްދުލްގައްޔޫމް "ވަން" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވެފައިވަނީ، އެރަށުން ފެނުނު ބޮލިވަޅަކީ ދުވަސްވީ ބޮލިވަޅެއް ކަމަށާއި އެ ބޮލިވަޅާ ބެހޭ އެއްވެސް މައުލޫމާތެއް އެ ރަށު ދުވަސްވީ މީހުންނަށްވެސް ނޭނގޭ ކަމަށެވެ.
އަދި ބޮލިވަޅު ފެނުނު ސަރަހައްދަކީ މީހުން އާބާދުވެ އުޅުނު ސަރަހައްދެއްވެސް ނޫން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު