އަންނަ އަހަރު ސަރުކާރު ބަންދުވާ ދުވަސްތަކުގެ ލިސްޓަށް އިތުރު ދުވަސް އިތުރުކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ލިސްޓުގައި އިތުރު ތިން ދުވަސް ހިމެނުއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
- 25 ޖޫން 2023 (އާދިއްތަ)
- 26 ޖޫން 2023 (ހޯމަ)
- 28 ސެޕްޓެންބަރު 2023 - ކީރިތި ރަސޫލާގެ އީދުމީލާދު
އަންނަ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ހައްޖު ދުވަސް ދިމާވަނީ ޖޫން 27 އަށެވެ. އެހެންކަމުން، ހައްޖު ދުވަހުގެ ކުރިއަށް އޮތް ދެ ދުވަސް ކަމަށްވާ ޖޫން 25 އާއި ޖޫން 26 ބަންދުކުރުމުން، ބޮޑު އީދު ދުވަސްތަކާ އެކު ހަފުތާއެއްގެ ޗުއްޓީ ލިބޭނެއެވެ.
އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި ކުރިން ހިމަނާފައި އޮތީ 19 ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު