ޚަބަރު

ދުވަސްވީ މީހަކު އަތުން ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 45 ދުވަސް

ރިފާ ހަލީލު

މާލޭގެ މަގުމަތިން ދުވަސްވީ މީހެއްގެ އަތުން ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.ވެ.

އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 45 ދުވަސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ފޭރުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޮފިސަރު ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ މި މައްސަލަ ރިޕޯޓްކުރުމަށް ފުލުހުންގެ އިދާރާއަށް ގޮސް ހުއްޓައި ހާލުދެރަވެ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.