މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފައެވެ.
މިފަހަރު ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވުނު ޕްރޮޖެކްޓްތަކަކީ:
- 1. ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީކުރުން: މާރަންދޫ ބަނޑޭރިސްޓާ ސްޕޯޓްސް ކްލަބް
- 2. ބީޗް ޕިކްނިކް ޕާކު ތަރައްގީކުރުން: ސީޑް އެސޯސިއޭޝަން، ނ. ޅޮހި
- 3. ހާބަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމުކުރުން: މުންޑޫ ޒުވާނުންގެ ޖަމިއްޔާ
- 4. ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން: ކިއްސަރު އެންޖީއޯ، ގއ. ކޮނޑޭ
- 5. މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމުކުރުން: މަޑުއްވަރީ އިޖުތިމާއީ ގުޅުން
- 6. ސްކޫލު ކޮމްޕިއުޓަރު ލެބް ތަރައްގީކުރުން: އަރުލާ ސްޕޯޓްސް އެކަޑަމީ، ށ. ފޯކައިދޫ
- 7. މިލަންދޫ ސްކޫލުގެ އަލިމަސް ޕާކު ތަރައްގީކުރުން: މިލަންދޫ ސްޕޯޓްސް ކްލަބް
- 8. ކްލާސްރޫމް ޑިޖިޓައިޒް ކުރުން: ވިމެން އެންހޭންސްމަންޓް، ލ. ފޮނަދޫ
- 9. މަގުބައްތި ހަރުކުރުން: މާޅޮސް ރެކްރިއޭޝަން އެންޑް އެންވަރަމަންޓް ސޮސައިޓީ
- 10. ކޮމިއުނިޓީ ގާޑަން: ވެހި ސާފު، ސ. ހިތަދޫ