ބ. ތުޅާދޫގައި ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ފުލުހުން މީގެ ކުރިން ބުނީ ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގުޅިގެން މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް އިއްޔެ ޖަހާފައިފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ބްލެކްމެެއިލްކުރީ ދެމަފިރިއެއްގެ ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު